ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު މަމްނޫން އަބްދުލްގައްޔޫމް ކުއްލިގޮތަކަށް ރޭގައި އަވަހާރަވެއްޖެއެވެ.
ސައުވީސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަމްނޫން އަވަހާރަވީއިރު އުމުރުފުޅުން 68 އަހަރެވެ.
އެނގިފައިވާ ގޮތުގައި، މަމްނޫން އަވަހާރަވުމުގެ ކުއްލި ޚަބަރާއެކު ރައީސް މައުމޫން އާއި ރައީސް ޔާމީން ވެސް ވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ވަޑައިގެންނެވިއެވެ.
މަމްނޫން އަވަހާރަވުމުގެ ޚަބަރު، ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ވަނީ ”އެކްސް“ ގައި ހިއްސާ ކުރައްވާފައެވެ.
މާތް ﷲ މަރުޙޫމްގެ ފުރާނައަށް ރަޙްމަތްލައްވައި، ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! އާމީން.


