އެފްއޭއެމުން މަހިނބަދޫ ޓީޗަރު ކަނބުލޮއެއް ރާއްޖެއިން ފީފާއަށް ފުޓްބޯޅަ ކުރިއަރުވަން އައްޔަން ކޮށްފި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީގެ މެންބަރަކަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޙައްވާ ނަޞްރާ ސައީދު އައްޔަނުކޮށްފިއެވެ.

ހަތަރު އަހަރުގެ ދައުރަކަށް ނަސްރާ އެ ކޮމިޓީއަށް އައްޔަނުކޮށްފައިވާއިރު، އޭނާގެ ދައުރު ހަމަވާނީ 2029 ގައެވެ.

އދ. މަހިބަދޫއަށް އުފަން ނަސްރާއަކީ ރަށު ތައުލީމީ މަރުކަޒުގެ ޓީޗަރެކެވެ. ނަމަވެސް އޭނާ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ހިރިޔާ ސްކޫލުގެ ޓީޗަރަކަށެވެ.

ނަސްރާ ވަނީ ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *