50 ދުވަހުން ދިއްދޫ ބިން ހިއްކާ ނިންމައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި އެމްއޭސީއެލްއިން ހިއްކައި ނިންމާލައިފިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ’އެކްސް’ގައި ވިދާޅުވީ އެ ރަށު ބިންހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށެވެ.

އެއާޕޯޓެއް ތަރައްގީ ކުރުމަށާއި ބޯހިޔާވަހިކަން އަދި އެ ނޫން ވެސް ހިދުމަތްތައް ގާއިމްކުރުމަށް ދިއްދޫންް 112 ހެކްޓަރު ހިއްކުމަށް 549،240 ކިޔުބިކް މީޓަރުގެ ވެލި ވަނީ އަޅައިފައެވެ.

ދިއްދޫގެ ބިން ހިއްކުމަށް އެމްއޭސީއެލް އިން ބޭނުން ކުރި ޑްރެޖަރަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ”ލެއިވް އެރިކްޝަން“ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *