ޓިކްޓިކްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ އާމިރު ހޯދަން އިއުލާންކޮށްފި

ޓިކްޓޮކް އެކި ލައިވް ތަކުގައި އިސްލާމްދީނަށް ހަޖޫ ޖަހަމުންދާ އަޙްމަދު ޢާމިރު (51އ)، ހ. ފިލިކުރިގެ / މާލެ، ޓިކްޓޮކްގެ ނަމުން ނަމަ ”ބޫގާ“ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އާމިރު ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.

އަދި އާމިރު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާ ކަމަށް ފުލުހުން ބުންޏެވެ.

އާމިރު ހާޒިރުވުމަށް އަންގާފައި ވަނީ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މާޗު 10 ވަނަ ދުވަހުގެ 16:00 އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *