ތަޖުރިބާކާރު ފިލްމީ ތަރި އަހްމަދު ނިމާލް ނިޔާވެއްޖެ އެވެ.
އަވަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިމާލް ނިޔާވީ މިއަދު ހެނދުނު އެވެ.
އޭނާ ނިޔާވީ ސްޓްރޯކެއް ޖެހި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެެވެ.
ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސް ކޮށްފައިވާ ނިމާލްއަކީ އެ ދާއިރާގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ.


