ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ނަޝްވާ އަބްދުﷲ ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޗެއާޕާސަންގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ނަޝްވާ އަބްދުﷲ ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކަން އިއުލާންކުރީ މިއަދު އެވެ.

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، ނަޝްވާ އަބްދުﷲ މިއަދުން ފެށިގެން ވަނީ ވަކިކޮށްފަ އެވެ،" ޕީސީބީއިން "އެކްސް" ގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ މަގާމުން އޭނާ ވަކިކުރި ސަބަބެއް ޕީސީބީއިން ނުބުނެ އެވެ.

އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް ނަޝްވާ އައްޔަންކުރީ 8 ޖެނުއަރީ 2024 ގައެވެ.

އޭނާ ވަނީ ޕަބްލިކް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ހާސިލްކުރައްވާފަ އެވެ. މީގެ ކުރިން އެޗުޑީސީގެ ޑިރެކްޓަރުގެ މަގާމާއި ކަމާ ގުޅުން ހުރި މިނިސްޓްރީތަކުގެ އެކި ވަޒީފާ ވެސް އަދާކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *