އެއްފަހަރާ 30 މިސައިލުން ރައްދުދީ އީރާނުން ވަރުގަދަ އިންޒާރެއް ދީފި

އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައިވާކަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ކަށަވަރުކޮށްދީފިއެވެ.

އައިއާރުޖީސީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ މި އޮޕަރޭޝަން ހިންގީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ދިން ޙަމަލާގެ ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އީރާނުން ފުރަތަމަ ފޮނުވީ އެއްފަހަރާ ގާތްގާތުގައި 30 މިސައިލް ކަމަށް އިސްރާއީލުން ބުނެއެވެ. މިމިސައިލްތައް ހުއްޓުވުމަށް އިސްރާއީލުގެ ވައިގެ ސިފައިންނާއި އެމެރިކާ އާއި އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާއިރު، އިތުރު ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ޑިފެންސް ސިސްޓަމްތައް ވަނީ އެކްޓިވޭޓްކޮށްފައެވެ.

އިސްރާއީލުގެ އުތުރުންނާއި ހައިފާ ސިޓީގައި ސައިރެންތައް މެދުކެނޑުމެއްނެތި އިވެމުން ދާއިރު، ޔަހޫދީ ރައްޔިތުން މިހާރު ތިބީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ. — ޚުލާސާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *