މެދުއިރު މަތިން ފެންނަނީ ހަމައެކްނިއެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫނެވެ. އެކަމަކު ދުނިޔޭގެ ސުޕަރޕަވަރ މެދުއިރުމަތީގައި ކުރަމުން ދިޔަ ރަސްކަމާއި އެ އާރާއި ބާރުގައި ރެދުލަމުން ނިކަމެތިވަމުން ދާތަނެވެ.
އެމެރިކާގެ ހިމާޔަތަކީ ހުވަފެނެއްކަން އަރަބި އިސްލާމީ ގައުމުތަކުގެ ވެރީންނަށް ކަށަވަރުވުމެވެ. އަރަބި އެންލިސްޓުން ބުނާ ގޮތުން އެމެރިކާއާ މެދު އަރަބި ލީޑަރުންގެ ތެރޭގައި ރުޅިވެރިކަމެއް އުފެދިއްޖެއެވެ. އެގައުމުތަކުން އެމެރިކާގައި ބިލިޔަނުން ކުރާން ބުނި އިންވެސްޓްމަންޓްތައް ދެން ކުރާނެކަމީ ދުރު ކަމެކެވެ.
ކޮންމެއަކަސް ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ވަރަށް ބޮޑަށް ފަޟީހަތްވެއްޖެއެވެ. އެއްވެސް ގައުމަކުން އެމެރިކާއާ ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ. އަދި އިހުނަށްވުރެ ބޮޑު ފަޟީހަތަކާއެކު ނޫނީ މި ހަނގުރާމައިން ނުކުމެވޭނެ މަގެއް ވެސް އަދި ނުމެ ނެތްމެއެވެ . އަހަރެމެން ބަލަނީ މިއީ ﷲގެ ޕްލޭން ތަންފީޒުވަމުންދާ ދިއުމެއް ކަމަށެވެ. ﷲގެ ޕްލޭނާއި ތަންފީޒު ކުރެއްވުމުގެ ފުރިހަމަ ކަމާއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރޭ ވިދާޅުވީ މިއީ އެމެރިކާ ކުރަން ބޭނުންވި ހަގުރާމައެއް ނޫނެވެ. އިސްރާއީލާހެދި ކުރެވުނު ކަމެކެވެ. ސީއެންއެންގެ ދިރާސާއެއްގައި ބުނަނީ އީރާނުން އެތައް މަސްތަކަކަށް ހަގުރާމަ ދިގުދަންމަފާނެއެވެ.
– މުހައްމަދު ޖަމީލުގެ ފޭސްބުކް ޕޭޖުން


