ފުޅަދޫގައި އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅާނަމަ ފަތުރުވެރިންނަށް ފިޔަވަޅު އަޅަން ނިންމައިފި

ބ. ފުޅަދޫގައި އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭ ފަތުރުވެރިން ތިބޭ ގެސްޓް ހައުސްތަކަށް ފިޔަަވަޅު އަޅަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން ބުނީ، އާއްމު މިންގަނޑުތަކާއި ހިލާފަށް ފަތުރުވެރިން ހެދުން އަޅައިގެން އާއްމު ސަރަހައްދުތަކުގައި އުޅޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އަދި މިކަން ހައްލު ކުރުމަށް އެ ކައުންސިލުން ތަކުރާރުކޮށް މަސައްކަތް ކުރަމުންދާއިރު، މިއަދާއި ހަމައަށްވެސް މިކަން ދޭތެރެ ދޭތެރެއިން ތަކުރާރުވެ އާންމު ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އޮތް ކަމަށް ބުނެފައި ވެއެވެ.

"މިކަން ހައްލުވާނެ ގޮތަކާއި މެދު ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 142 ވަނަ ޖަލްސާގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ނިންމާފައި ވަނީ އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅައިގެން އާއްމު ސަރަހައްދުތަކުގައި އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ބަލާ އެފަދަ ގެސްޓް ހައުސްތައް 750ރ. އިން ޖޫރިމަނާ ކުރުމަށެވެ،". އެ ކައުންސިލުން ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *