ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތައް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ

މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ މިދުވަސްކޮޅު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެހެނިހެން ސެކްޓަރތަކަށް ގޮންޖެހުންތައް ހުރި ފަދައިން، ހެލްތު ސެކްޓަރަށްވެސް ގޮންޖެހުންތަކެއް ނެތި ނުދާނެކަމީ ޤަބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ.

”މި ގޮންޖެހުންތަކުން އަރައިގަތުމަށް ނޫނީ މި ގޮންޖެހުންތައް މިނިމައިޒް ކުރުމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމުގެ މަޝްވަރާތައް މިހާރުވެސް ވަނީ ކަމާގުޅުންހުރި ފަރާތްތަކާއެކު ފަށާފަ. ޚާއްސަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ފަންނީ ބޭފުޅުންނާއެކު އަޅުގަނޑުމެން މިހާރު މަޝްވަރާތައް މިހާރު ކުރިއަށް ގެންދަމުން މިދަނީ“ ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ ކަންކަމުގައި ”ކޮލިޓީ ކޮމްޕްރޮމައިޒް“ ނުކޮށް ދެވެން އޮތް އެންމެ ބޮޑު ލުއިތަކެއް ދީގެން މަސައްކަތް ކުރަން އިސްކަންދީފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *