އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ސަރުކާރާ ދެކޮޅުވާނެ: ނައިބް ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުކޮށްފިނަމަ، އެ ބޭފުޅުން މަސައްކަތްކުރާނީ ސަރުކާރާ އިދިކޮޅަށް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭގައި ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ، ހދ. އަތޮޅުގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވަން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކައުންސިލަރުން ވާން ޖެހޭނީ ޕީއެންސީގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ކަމަށެވެ.

އެގޮތުން އިދިކޮޅުގެ ކެމްޕެއިންތަކުގައި ސަރުކާރަށް ކުރި އުނދަގުލަކީ ކޮބައިތޯ ސުވާލު ކުރަމުން އަންނައިރު، އެ ބޭފުޅުން ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަނީ ސަރުކާރަށް އެއްބާރުލުން ދީގެންތޯ ނައިބު ރައީސް ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ، އެއިން ބޭފުޅަކު އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ސީދާ އިދިކޮޅަށް ކަން އެބޭފުޅުން މަސައްކަތް ކުރައްވާނީ. އެއީ މިދިޔަ ތަނުގައި އެބޭފުޅުން މަސައްކަތް ކުރައްވާފައި އޮތް ގޮތް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ އެއްކޮށް ބާއްވަން ޖެހޭ އިންތިހާބެެއް ކަަމަށް އިދިކޮޅު ފަރާތްތަކުން މީގެކުރިން އެކި ”ރާގު ރާގުގައި“ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއީ ދިވެހިންގެ ހަނދާނުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫން ކަމަށެވެ. އެހެންވެ، އެފަދަ ބަޔަކު އިންތިހާބުކޮށްފި ނަމަ، ރަށްރަށަށް ތަރައްގީ ގެނެވޭނެތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *