ރައީސް މަޢުމޫނަށް ދަތިވާ ގޮތަށް ކުރި ކަންތައްތަކުން ގެއްލުންވީ އެމްޑީޕީއަށް ކަމަށް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހަށް އާދަޔާޚިލާފު ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކޮށް ފާސްކުރީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދަތިކުރުމުގެ މަޤްޞަދުގައި ކަމަށް ވީނަމަވެސް، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރީ އެމްޑީޕީއަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.

ޖުމްލަ އޮންލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މާފުށީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ 18 އަހަރު ކުރިން، 2008 ވަނަ އަހަރު ޤާނޫނުއަސާސީ އަލުން އެކުލަވައިލިއިރު، ދައުލަތް ހިންގުމުގެ މުހިންމު ބާރުތަކެއް ރައްޔިތުންގެ މަޖިލީހަށް ޖަމާކުރުމުން އޭރުވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް އިބޫ ވަނީ އެ ދުވަސްވަރުގެ ހަނދާންތައް އާކުރައްވައި، މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޤާނޫނުއަސާސީގެ ބާބުތައް ފާސްކުރުމުން، އޭރު އެމްޑީޕީގެ އިސް މެންބަރަކާ އެ ކަންބޮޑުވުންތައް ޙިއްޞާކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ރައީސް އިބޫ ވިދާޅުވީ:

"ކިހިނެއްހޭ ވެރިއަކު ވެރިކަން ކުރާނީ؟ އަޅުގަނޑަށް އޭރު ވިސްނުނު ގޮތް އެއީ. އަޅުގަނޑު އެ ވާހަކަ އަޅުގަނޑުމެންގެ ސީނިއާ އެމްޕީއެއްގެ ކައިރީގައި ދެއްކިން. ކިހިނެއްހޭ ދެން ރާއްޖޭގައި ވެރިކަމެއް ކުރާނީ؟ މިއީ ރިޔާސީ ނިޒާމެއްގެ ވާހަކައޭ މި ދައްކަނީ،"

"ބާރުތައް މި އޮތީ ރައްޔިތުންގެ މަޖިލިހަށް ގަނޑުކޮށް ޖަމާކޮށްފައޭ."

ނަމަވެސް، އެމްޑީޕީގެ އެ އިސް މެންބަރު އެދިވަޑައިގަތީ އެ ވާހަކަ އިތުރަށް ނުދެއްކެވުމަށެވެ. އެބޭފުޅާގެ ތަޞައްވުރަކީ 2008 ވަނަ އަހަރުގެ އިންތިޚާބު ރައީސް މައުމޫން ކާމިޔާބު ކުރެއްވި ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދައި، މަޖިލީހުގެ ތެރެއިން ސަރުކާރަށް "ދަތިކުރުން" ކަމަށް ރައީސް އިބޫ ހާމަކުރެއްވިއެވެ. އެބޭފުޅާއާ ޙަވާލާދީ ރައީސް އިބޫ ވިދާޅުވީ:

"ތިމަންނަމެންނަށް ފެންނަ ގޮތުގައި 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫނޭ. ރައީސް މައުމޫން ބަލިކުރެވޭ ތަނެއް ތިމަންނަމެންނަކަށް ނުފެނެއޭ. އެކަމަކު ރައްޔިތުންގެ މަޖިލިސް ތިމަންނަމެން އެމްޑީޕީ ނަގާނަމޭ. އެހެންވީމާ އެތާނގައި ނޫންހޭ ބާރުތައް އޮންނަން ވަނީ،"

އެހެންނަމަވެސް، ކަންތައްތައް ހިނގައިދިޔައީ އެ ވިސްނުމާ މުޅިން ޚިލާފަށެވެ. އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީއަށް ސަރުކާރު ލިބުނުއިރު، މަޖިލީހުގެ ފުރިހަމަ ބާރު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތްޕުޅުގައެވެ. މީގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރަށް ވެރިކަން ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަން ރައީސް އިބޫ ފާހަގަކުރެއްވިއެވެ. މި ތަޖުރިބާގެ މައްޗަށް ބިނާކޮށް އެމަނިކުފާނު ވިދާޅުވީ:

"އެހެންވީ ކަމެއް ކުރާއިރުގައި ހަމައެކަނި ތިމާއަށް އެ ވަގުަކު ފައިދާ ހުރި ގޮތަކަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *