ޝާމިލު މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ

ޝާމިލު މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަޖުރިބާ ކުރަން ޖެހޭ ކަންކަން ތަފާތު މީހެއް ކަމަށާއި، އެ ތަފާތަކީ އެމީހާގެ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި މި ފަދަ ތަފާތުތަކަކީ ދުނިޔެ އިތުރަށް ފުރިހަމަކޮށްދޭ އެއް ސަބަބު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ޑައުންސިންޑްރޯމް ހުންނަ މީހުންނަށް ގިނަ ފަހަރަށް އެކަނިވެރިކަމާއި ތަފާތުކުރުމާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެމީހުންގެ ކިބައިން ފެންނަނީ ލޯތްބާއި، އޯގާތެރިކަމާއި، ކެތްތެރިކަން ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކީވެސް އަގުވަޒަންކުރެވޭ، އަދި މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އެކަކު އަނެކަކަށް އަޅާލުމާއި، އެކަކުވެސް ބާކީނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް،“ ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ކަމެއްގައިވެސް ޑައުންސިންޑްރަމް ކުދިން ބައިވެރިކުރުވުމަކީ އިޙްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ އެ މީހުންނަށް ލިބިފައިވާ ހައްގެއްކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. އދ. އިން މި ތާރީޚު އިޚްތިޔާރުކޮށްފައިވަނީ ޑައުންސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯޒޯމްގެ 3 ކޮޕީ ހުންނާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *