ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވްތަކެއް ގާއިމުކުމަށް ބޮޑު އިންވެސްޓްމަންޓްތަކެއް ހަދަން ނިންމައިފި

ރާއްޖޭގެ އިގުތިސާދުގައި ހުރި ނާޒުކުކަން ހައްލުކުރުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއަކީ ދުރު ރާސްތާއަށް ރާވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، މިހާރު ކުރިއަށްދަނީ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް އެކުލަވައިލުމުގެ މަރުހަލާ ކަމަށެވެ. މި މަސައްކަތް ރާވާފައިވަނީ ކޮންމެ ދޮޅު އަހަރަކުން ނުވަތަ ދެ އަހަރަކުން ފިޔަވައްސެއް ނިންމައި، ކުރިއަށް އޮތް ފަސް އަހަރު ނުވަތަ ހަ އަހަރު ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ފުރިހަމަކުރެވޭނެ ގޮތަށެވެ.

"ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމަށް ކުރެވޭނެ މަސައްކަތްތައް ދިރާސާކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި. އޭގެ އައިޑިއާއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގަައި އިރާދަކުރެއްވިއްޔާ، މިއީ އެއް އަހަރަކުން ނޫނީ ދެ އަހަރަކުން ކުރެވޭނެ ކަމެއް ނޫން، އެހެންވީމާ ތިން ފޭސްއަކަށް ބަަހާލައިގެން ދޮޅު އަހަރުން ނުވަތަ ދެ އަހަރުން ފޭސްއެއް ނިންމޭ ގޮތަށް އޮއިލް ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން،" ކަމަށެވެ.

މި ތެޔޮ ރިޒާވް ވެގެންދާނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ފަދަ އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަސީލަތަކަށް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތުގެ ޕްލޭން ރާވައި ނިމުމުން، އެކަމުގެ އިތުރު ތަފުސީލުތައް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލީ ގޮތުން ބަލާއިރު، މި މަޝްރޫއުގެ ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ މަރުހަލާއެއްގައި ވެސް ދެމެހެއްޓެނެވި ގޮތެއްގައި އަދި އިގުތިސާދީ ފީސިބިލިޓީއަށް ބަލައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *