މާމެންދޫގައި ބިނާކުރާ މިސްކިތާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ބިންގާ އަޅައިފި

ގއ. މާމެންދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މާމެންދޫ ގޮފީގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމަށް މާމެންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އަލްއުސްތާޛް މުޙްތާޒް މުޙްސިންއެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މާމެންދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

އަލަށް ބިނާކުރާ މި މިސްކިތަކީ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ބިނާއެކެވެ. އެގޮތުން މިސްކިތުގެ މަސައްކަތް ނިމޭއިރު، ތިމާވެއްޓާ ރައްޓެހި ސޯލާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މުޅި މިސްކިތް އޭސީ ކުރެވިގެންދާނެއެވެ. މީގެ އިތުރުން މިސްކިތުގައި ކުލާސްރޫމްތަކާއި ލައިބްރަރީއެއް ހިމެނޭނެއެވެ.

މި ކުލާސްރޫމްތައް ޚާއްޞަކުރެވިފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *