ސަރުކާރުގެ މަޝްރޫޢުތަކަށް މުވައްޒަފުން ނަގަނީ ކެންޕޭނާ ދިމާކޮށް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

ސަރުކާރުގެ މަޝްރޫޢުތަކަށް މުވައްޒަފުން ނަގަނީ ކެންޕޭނާ ދިމާކޮށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސައްވީސްއިން ބުނި ގޮތުގައި، އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިސްރާފު ނުކުރައްވާ ކަމަށާއި މަޝްރޫޢުތަކަށް މުވައްޒަފުން ނަގަނީ ކެމްޕޭނާ ގުޅިގެނެެއް ނޫން ކަމަށެވެ.

”އެމްޓީސީސީއާ ހަވާލުކޮށްފައިވާ ވަރަށް ގިނަ މަޝްރޫޢުތަކަކީ ސަރުކާރު އައި އިރުވެސް ހުރި މަޝްރޫޢުތަކެއް. ނުހިނގާ ހުއްޓިފަ ހުރި ވަރަށް ގިނަ މަޝްރޫޢުތަކެއް ހުރި އެމްޓީސީސީގެ. ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މިހާރު އަޅުގަނޑު ގޮސްފިން. އިންތިހާބަކާ ދިމާކޮށްފައެއް ނޫން ދިޔައީ. ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އަޑުއަހައި، ބައެއް މަޝްރޫޢުވެސް ފަށާފަ އައީ. އެ މަސައްކަތްތައް ރައީސް އޮފީހުން ދަނީ ކޮންމެ ދުވަހަކުވެސް ބަލަހައްޓަމުން“ ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *