ވޯޓަށްފަހު ކަރަންޓު ކަނޑާނެ، މުވައްޒަފުން ވަކިކުރާނެ: ގަޕޯ

އަންނަ އިންތިހާބަށްފަހު ރާއްޖޭގެ ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ ކަމަށާއި ވަޒީފާތަކުން މީހުން ވަކިކުރާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަބްދުލްގަފޫރު ވިދާޅުވީ އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް މި ސަރުކާރުން 1،500 އެއްހާ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.

"ތިބޭފުޅުން ގަބޫލުކުރައްވާ 4 އެޕްރީލްގެ ފަހުން މި ކުޅުދުއްފުށިންނާއި ރާއްޖޭގެ ހުރިހާ ރަށަކުން ކަރަންޓު ކަނޑަމުން ގެންދާނެ. އަދި ތި ވަޒީފާދޭ އެންމެން ވަޒީފާއިން ވަކިކުރާނެ އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ ދާއިމީ ޗިޓެއް،" އަބްދުލްގަފޫރު ވިދާޅުވި އެވެ.

ވަސް އޮންލައިންގައިވާ ގޮތުގައި، އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ވަޒީފާ ދީފައިވާ މީހުންނަށް އިތުރު ގަޑިއާއެކު 60،000 އާއި 70،000 ރުފިޔާގެ މުސާރައެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުލްގަފޫރު ވަނީ ވަޒީފާގެ ބިރު ނުގަނެ ނިކުތުމަށް ގޮވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *