ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ނަޖާހު ވަކިކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މޭޖާ (ރިޓަޔަޑް)މުހައްމަދު ނަޖާހް މިއަދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނަޖާހު ފެނަކައިގެ ބޯޑު މެންބަރުކަމުގެ މަގާމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ނަޖާހު ވަކިކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.

ނަޖާހު އެމްޑީގެ މަގާމަށް އައްޔަނުކުރީ 2024ވަނަ އަހަރުއެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *