މިފްކޯއިން ތެޔޮ މަސްދަޅު ކޮންޓްރޯލް ކޮށްގެން ވިއްކަން ފަށައިފި

ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ހެޔޮކޮށްފައިވާ ދަނޑިވަޅެއްގައި މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފިއެވެ.

ސަން އޮންލައިންގައިވާ ގޮތގައި  މިފްކޯއިން މިހާރު ވަނީ ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކޮށްފައެވެ. މި ބަދަލާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް މިވަގުތު ދޫކުރަމުންދަނީ އެންމެ ގިނަވެގެން އެއް ކޭހެވެ.

ނަމަވެސް، މިފްކޯގެ އެހެނިހެން އުފެއްދުންތައް އެއްވެސް ކޮންޓްރޯލެއް ނެތި ކުރިއެކޭވެސް އެއްގޮތަށް ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެެވެ. ތެޔޮ މަސްދަޅު ވިއްކާ މިންވަރު ލިމިޓުކޮށްފައިވަނީ، ސްޓޮކް ދަށްވުމުގެ ސަބަބުންނެވެ.

މީގެ ދެ ދުވަސް ކުރިން މިފްކޯއިން ވަނީ ތެޔޮ މަސްދަޅު ވިއްކާ އަގު ވެސް ބޮޑުކޮށްފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން އާންމުންގެ ޝަކުވާތައް އިތުރުވުމުން، އެ ނިންމުން ބަދަލުކޮށް، އަލުން ކުރީގެ އަގަށް ވަނީ ތިރިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *