ލ. އަތޮޅުން ބޯޓެއް އަޑިއަށްގޮސް މީހަކު ގެއްލިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

މާލޭން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ލ. އޮޅުވެލި ކައިރިން ފަރަކަށް އަރައި އަޑިއަށްގޮސް، އެ ބޯޓުން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ރޭ ދަންވަރު ފަށައިފި އެވެ.

ފުލުހުން ރޭ ފަތިހު ކުރި މެސެޖެއްގައި ބުނި ގޮތުގައި، 'އުދަރެސް' ބޯޓު އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 1:25 ހާއިރު ފުލުހުންނަށް ވަނީ ލިބިފަ އެވެ.

 ފުލުހުން ބުނީ، މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމްލަ 13 މީހުންގެ ތެރެއިން:

  • ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވޭ
  • އެ ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން 
  • ސަލާމަތްކުރި ޖުމްލަ 12 މީހުންގެ ހާލު ވެސް ރަނގަޅު

"މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

"މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *