މުވައްޒަފަކަށް ޖިންސީ ގޯނާއެއް ނުކުރަން، ސޯސިއަލް މީޑިއާ މެދުވެރިކޮށް އުޅެނީ އަބުރު ނަނގާލަން: ނަސްރު އެމްއެމްޕީއާރުސީ

މުވައްޒަފަކަށް ޖިންސީ ގޯނާއެއް ނުކުރަން، ސޯސިއަލް މީޑިއާ މެދުވެރިކޮށް އުޅެނީ އަބުރު ނަނގާލަން ކަމަށް އެމްއެމްޕީއާރުސީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނަސްރުﷲ އާދަމް ވިދާޅުވެއްޖެ އެވެ.

ސޯސިއަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތަކާއި ގުޅިގެން ނަސްރު ސޯސިއަލް މީޑިއާގައި ވިދާޅުވީ  "ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އަޅުގަނޑުގެ އަބުރު ކަތިލުމުގެ ނިޔަތުގައި ފަތުރަމުންދާ ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އެއީ އެއްވެސް ޙަޤީޤަތެއް ނެތް، އަސާސެއް ނެތް ތުހުމަތުތަކެއްކަން ޔަޤީންކޮށްދެމެވެ. އަޅުގަނޑުގެ މާޒީގައިވެސް މިފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމާއި، މިފަދަ ކަމެއްގެ ތުހުމަތު ކުރެވިފައި ނުވާނެކަންވެސް ފާހަގަކުރަމެވެ.

މިކަމާ ގުޅިގެން އަޅުގަނޑާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހެޅިފައި ވޭތޯ ބެލުމަށާއި، މި ދޮގު ތުހުމަތުތަކުގެ ޙަޤީޤަތް ހޯދައި ތަޙުޤީޤުކޮށްދިނުމަށް އަޅުގަނޑު އަމިއްލައަށް އިސްނަގައިގެން މިހާރު ވާނީ މުއައްސަސާގެ ހިއުމަން ރިސޯސް (އެޗްއާރް) އަށް ރަސްމީކޮށް ހުށަހަޅާފައެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއީ ހުތުރު ސިޔާސީ ބޭނުމެއްގައި ބަޔަކު ރާވައިގެން ހިންގާ ދަށުދަރަޖައިގެ އަމަލެކެވެ."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *