ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، މަގާމުން ވަކިކުރި ސަބަބެއް ނުބުނެ އެވެ.

މި ސަރުކާރު ފެށުމާއެކު، ހަލީލް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހެލްތު މިނިސްޓަރަކަށެވެ. އެކަމަކު، އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓަރަކަށް އޭނާ ބަދަލުކުރެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.

ޕަބްލިކް ޕޮލިސީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަލީލް ވަނީ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ ބައެއް މަގާމްތަކަށް ދަނީ ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމްތައް ވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *