މި އިންތިހާބު ނޫނިއްޔާ މަދުން ގޮނޑި ލިބުނު ފަރާތަށް ކާމިޔާބުވިކަން ދައްކައިދޭ އިންތިހާބެއް ނުދެކެން: ފަލާހު

މަދުން ގޮނޑި ލިބުނު ފަރާތަކުން އިންތިހާބު ކާމިޔާބުވި ކަމަށް ބުނެ އުފާފާޅުކުރަމުންދާ ދިއުމަކީ އިންތިހާބުތަކުގެ ތާރީހުގައި ވެސް ފެނިފައިނުވާ ”އެކޮޅުކޮޅުން ޖެހިފައިވާ“ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ހއ މުރައިދޫ ކައުންސިލް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބު ފާހަގަކުރުމަށް މާލޭގެ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މިހާތަނަށް އޭނާގެ ހަޔާތުގައި ވެސް މަދުން ގޮނޑި ލިބުނު ފަރާތަކަށް ކާމިޔާބުވިކަން ދައްކައިދޭ އިންތިހާބެއް ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން ކާމިޔާބު ލިބުނު ކަމަށް ބުނެ ހަފުތާއެއް ވަންދެން އުފާފާޅުކޮށްފައިވާކަމަށް ފާލާހު ފާހަގަކުރެއްވިއެވެ.

ސައުވީސް އޮންލައިންގައިވާ ގޮތުގައި ފަލާހު ވިދާޅުވީ އޭނާ މި ވާހަކަތައް ދައްކަވަނީ ވަރަށް ބޮޑަށް ހިސާބުތައް ބައްލަވައިގެން ކަމަށެވެ. އެގޮތުން އޭޕްރިލް 4 ގައި ބޭއްވުނު އިންތިހާބު ތަކުގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީން 582 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއަށް ލިބިފައިވަނީ 562 ގޮނޑި ކަމަށް ފަލާހު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، ޕީއެންސީ އޮތީ 20 ގޮނޑީގެ ކުރީގައި ކަމަށާއި، ކާމިޔާބު ލިބުނު ކަމަށް ބުނާ ފަރާތް އޮތީ 20 ގޮނޑި ފަހަތުގައި ކަމަށެވެ.

އަދި އިންތިހާބެއްގައި އަބަދުވެސް ސަޕޯޓުކުރަންވާނީ އަދި އަތްޖަހަންވާނީ ކާމިޔާބު ހޯދި ފަރާތަށް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *