ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ނިންމުން ބަލައިގަންނަން: ރައީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އއ. އަތޮޅު ތިން ރަށް ކަމަށްވާ ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި، ވަރަށް ބޮޑު ނާކާމިޔާބީއެއް ލިބިގެންދިޔަ ކަމަށެވެ.

”އެހެންނަމަވެސް އެއީ ރައްޔިތުންގެ ނިންމުން. އަޅުގަނޑު ހަމަ އެރޭ ހުރިހާ ރައްޔިތުންނަށް (އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާ) ދެންނެވި ރައްޔިތުންގެ ނިންމުން ބަލައިގަންނަ ކަމަށް. އަދި ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެންނަވާނަން ކަމަށް ވެސް ދެންނެވިން“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެ ވޯޓު ނާކާމިޔާބުވީ އެކި ސަބަބުތަކާ ހެދި ކަމަށާއި އެކަން ވަރަށް ތަފްސީލުކޮށް ބެލިބެލުމުން އެ އިންތިހާބު ނާކާމިޔާބުވީ ސަބަބުތަކުގެ ތެރޭގައި ޕީއެންސީގެ މުޅި ކެމްޕެއިން ޓީމުގެ ފަރާތުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *