‏މިދިޔަ ސަރުކާރުން ވަނީ ޖުޑިޝަރީ ތެރެއަށް ނުފޫޒު ފޯރުވަން މަސައްކަތްތަކެއް ކޮށްފަ: ރައީސް

މިދިޔަ ސަރުކާރުން ވަނީ ޖުޑިޝަރީ ތެރެއަށް ނުފޫޒު ފޯރުވަން މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ވަރަށް ބޮޑަށް ވަނީ ޖުޑިޝަރީ ތެރެއަށް ނުފޫޒު ފޯރުވަން މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އޭގެ ކުރިން ނުކުރާ ކަންތައްތަކެއްވެސް ކުރި ކަމަށެވެ.

”ޖޭއެސްސީގެ ދަށަށް ޖުޑިޝަރީގެ އެޑްމިނިސްޓްރޭޓިވް ބާރު (ޑީޖޭއޭ) ގެންދިޔަ. މީގެ ސަބަބުން ޖުޑީޝަރީގެ ތެރެއަށް މިއޮންނަނީ (ނުސީދާގޮތުން ނަމަވެސް) ވަރަށް ބޮޑަށް ނުފޫޒު ފޯރުވިފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން ޖުޑިޝަރީ ރީފޯމް ކުރުމުގެ ތެރެއިން ޖޭއެސްސީގެ ކޮންޓްރޯލުގެ ދަށުގައި ޑީޖޭއޭ އޮންނަ ގޮތަށް އިސްލާހަށް ބަދަލުގެނައުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *