އާ ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް 15 އަށް މަދުކޮށް، މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ކެބިނެޓުގެ 14 މިނިސްޓަރުންނަށް ރުހުން ދޭން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ކެބިނެޓަށް ރުހުން ދޭން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު ރިޔާސަތުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމު ނިންމެވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުއްވުމަށެވެ.

ރައީސް މުޢިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އަލުން އެކުލަވައިލެއްވީ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. ރައީސް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *