ޖުޑީޝަލް ކައުންސިލް އަލުން އުފެއްދުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ތާއީދުކުރައްވައިފި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަނބުރާ ޝަރުއީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ އުއްތަމަ ފަނޑިޔާރު، އަހްމަދު ފާއިޒް ހުސެއިން މިއަދު ތާއީދުކުރައްވައިފިއެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވީ، ޑީޖޭއޭ ޝަރުއީ ދާއިރާގެ ދަށަށް ގެނެވިއްޖެނަމަ، ޝަރުއީ ދާއިރާގެ އިދާރީ މިނިވަންކަން އިއާދަވާނެ ކަމަށެވެ.

"ޑީޖޭއޭ އަނބުރާ ޝަރުއީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރަން" ފާއިޒް ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮންނަ އޮތުމަށް އިސްލާހްގެން ޖުޑީޝަލް ކައުންސިލެއް އުފައްދައި، ޑީޖޭއޭ ޖަވާބުދާރީ ވާން ޖެހޭ ތަނަކަށް އެ ކައުންސިލް ހަދަން ގާނޫނަށް އިސްލާހު ގެންނަވާނެ ރައީސް އިއުލާނުކުރެއްވީ އިއްޔެއެވެ.

ޖުޑީޝަލް ކައުންސިލްވެސް އުވާލީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެ ކައުންސިލަކީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭ ފަންނީ ދާއިރާގައި ޓެކްނިކަލް މަޝްވަރާތައް ކުރުމަށް އޮންނަ ކައުންސިލެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *