ވަކި އާއިލާއަކުން އެމްޑީޕީ ހިސޯރުކޮށްފައިވާކަމުގެ ތުހުމަތު

އެމްޑީޕީ މިހާރު އޮތީ ވަކި އާއިލާއެއްގެ ވަކިތަކުގެ ދަށުގައި ކަމަށް މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޖޫން 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ރެއާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވީ މީހުންނަށް އެކަންޏެވެ.

އެމްޑީޕީއަށް ވަނުމަށް ބޭނުންވާ މީހުންނަށް ދިން މަދު ވަގުތުކޮޅާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޝިފާ ވިދާޅުވީ އެމްޑީއަކީ މިހާރު ވަކި އާއިލާއެއްގެ ވަކިތަކުގެ ދަށުގައި ހިސޯރުކުރެވިފައިވާ ޕާޓީއެއް ކަމަށެވެ.

"އަދުގެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެވަނީ ރައްޔިތުން ކުރިމަތީ ކުފޫ ހަމަނުވާ ފެންނަން،" އެމްޑީޕީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިފާ ވިދާޅުވެފައިވެ އެވެ.

ޝިފާ އަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިޔުކޭޝަން މިނިސްޓަރުކަން ކުރެއްވި ރައީސް ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދާ އެންމެ ބޮޑަށް ވާދަކުރައްވާ އެއް ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *