ޕީއެސްއައިޕީ އަށް މި އަހަރު 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި އެއް ބިލިއަން ރުފިޔާއަށްވުރެ 34 ޕަސެންޓް އިތުރުވުމެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރު ބަޖެޓުކޮށްފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު 466 މިލިއަން ރުފިޔާ ހަރަދުކުރީ ދަތުރުފަތުރާއި ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ގާއިމުކުރުމަށެވެ.

ސިއްހީ ދާއިރާއަށް 130 މިލިއަން ރުފިޔާ ހަރަދުކުރިއިރު ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށް 97 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރު ތައުލީމީ ދާއިރާއަށް 71 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *