ޢީދު ތަހުނިޔާއާއެކު ނޫހުގެ އަހުލުވެރިނަށް އަދަދު ނޫހުން ހަދިޔާކުރީ ވީޑިއޯ ލަވައެއް!

ޢީދު ތަހުނިޔާއާއެކު ނޫހުގެ އަހުލުވެރިނަށް އަދަދު ނޫހުން ޚާއްޞަ ޢީދު ހަދިޔާއެއްގެ ގޮތުގައި ވީޑިއޯ ލަވައެއް ނެރެ، މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ބޮޑުޢީދުގެ މުނާސަބަތުގައި އަދަދު ނޫހުން ނެރުނީ “އުފަލުން ހޭމާ” ގެ ނަމުން ނަންދީފައިވާ ފޯރިގަދަ ބޮޑުޢީދު ލަވައެކެވެ.

މި ލަވަ ކިޔާދީފައިވަނީ ރާއްޖޭގެ މަޤުބޫލު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާއެވެ. “އުފަލުން ހޭމާ” ލަވައިގެ ފުރިހަމަ ޅެން ހަދާދީފައިވަނީ ނޫރުއްސަލާމް އަބޫބަކުރެވެ.

ލަވައިގެ މިއުޒިކަށް ބަލާއިރު، މިކްސިންގް އަދި މާސްޓަރިންގް ހަދާފައިވަނީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށްވާ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ. އަދި މި ލަވަ ރެކޯޑުކޮށްފައިވަނީ “ޓޯނިކް ލައިވް ސްޓޫޑިއޯ” ގައެވެ.

“އަދަދު” ގެ މި އުފެއްދުން ސްކްރީނަށް ގެނައުމުގައި ހުނަރުވެރި ގިނަ ބަޔަކު ވަނީ ޙިއްޞާވެފައެވެ.

 ޑިރެކްޓަރ: އާދަމް ޒަރީރު

 ޕްރޮޑިއުސަރ: އަދަދު

 ކޮރިއޮގްރާފަރ: ފާޠިމަތު ޖޫލިޔާ

މީގެ އިތުރުން މަރްޔަމް ޝިމާން އިބްރާހީމް، އިމްނާ ޢިމްރާން އިސްމާޢީލް، ދީމާ އިބްރާހީމް، އަދި މަރްޔަމް ޒިހްނާ ޢަބްދުﷲ (ދެކަފި ޑާންސް ގްރޫޕް) މި ލަވައިން ފެނިގެން ދެއެވެ.

މި ލަވަ ވުޖޫދަށް ގެނައުމުގައި ސިންގަރ މޯލްޑިވްސް، އިންކް މޯލްޑިވްސް، ޔެސް މޯލްޑިވްސް، އެޗް78 ހޮޓެލް، ކ. ގުރައިދޫ ކައުންސިލް، ސެޓަން ސްޓޫޑިއޯ، އަދި އައިޝަތު މަރީނާ، ޢާރިފާ މުޙައްމަދު، ޝައުލާން ސުހައިލް، އާހިލް އިލްޔާސް ޢަބްދުﷲ، އަދި އިބްރާހީމް ޝަޔާލް ޝިފާއު އެހީތެރިކަން ފާހަގަކޮށް އަދަދު ނޫހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *