ޑރ. މުޢިއްޒުގެ ވެރިކަން އޮތީ ވަރުގަދަކޮށް ކަމަށް މާރިއާ އެއްބަސްވެވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވަރުގަދަކޮށް އޮތް ޑރ، މުޢިއްޒުގެ ވެރިކަން ބަދަލު ކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މިހާރު ހިނގަމުންދާ ރައީސް މުޢިއްޒުގެ ސަރުކާރު ބަދަލު ކުރުމަކީ ސިޔާސީ ގޮތުން ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، މިފަދަ ބަދަލެއް ގެނައުމުގެ ޤާބިލުކަމާއި ސިޔާސީ އުކުޅުތައް ހުރީ ހަމައެކަނި ރައީސް މުޙައްމަދު ނަޝީދުގެ ކިބައިގައި ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ނަޝީދު ކޮންމެހެންވެސް ގެންނަން ޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ.

"މި ވެރިކަން ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. މި ވެރިކަން ބަދަލު ކުރެވޭނީ ރައީސް ނަޝީދަށް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ މި ވާހަކަތަކާއެކު، ސިޔާސީ މަސްރަޙުގައި އަނެއްކާވެސް އާ ބަހުސްތަކެއް ވަނީ ފެށިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *