ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވާތީ ފިޔަވަޅު އަޅަން ފަށައިފި

ރާއްޖެއިން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، ހުމާއި ރަތްކުލައިގެ ބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ.

މި ޑެސްކް ގާއިމްކޮށްފައިވަނީ ބޮޑެތިމީހުންގެ ކުއްލި ފަރުވާދޭ ބައި ނުވަތަ މެއިން އީއާރްގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައެވެ.

ސައްުވީސް އޮންލައިންގަަިވާ ގޮޮތުގައި އައިޖީއެމްއެޗުން ބުނި ގޮތުގައި މި ހެލްޕް ޑެސްކްގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ލިބޭނެ އެވެ. އަދި ރޭގަނޑު 23:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލުން ފަރުވާ ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ހޮސްޕިޓަލުން ވަނީ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން އެއްވެސް މީހެއްގެ ކިބައިން ހުމާއެކު ރަތްކުލައިގެ ބިހި ނެގުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

ހިމަބިއްސަކީ މީގެ ކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖެއިން ވަނީ ފެނިފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ކޭސްތަކާ ގުޅުންހުރި 74 އަށް ވުރެ ގިނަ ކޮންޓެކްޓުން މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އައިޖީއެމްއެޗުން ވަނީ ހާއްސަ އިރުޝާދުތަކެއް ވެސް ނެރެފައެވެ. އެގޮތުން ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *