މާފުށީ ކައުންސިލްގެ ކުރީގެ ރައީސް ސޮލާހް ކުލީ ބިންތަކުގެ ކަޓު ލާރިގަނޑު ނުލިބެގެން ދެބަންދިހާރަ ވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމިދިޔަ ކައުންސިލްގެ ރައީސް ސޮލާހް ގެންދަނީ އޭނާގެ ކައުންސިލަރު ކަމުގައި ދޫކޮށްފައިވާ ބިންތަކުގެ ވެރިންނަށް ގުޅައި ކަޓުލާރި ދިނުމަށް ބިރު ދައްކަމުންނެވެ.
އެމްޑީޕީގެ ޗެއަރޕާޝަން އިންތިހާބުގައި މީކާއީލަށް ތާއީދުކޮށް ވޯޓު ހޯދައިދޭނެ ކަމަށް ބުނެ މާލޭ މޭޔަރު އާޒިމާއި އެސްޖޭ ސަމްހީދު އަތުން ގިނަ އަދަދެއްގެ ފައިސާ ބަނގަޅާލައިފައިވާ ކަމަށް ވެސް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބެ އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުން މާފުށީ ރައްޔިތުން ސޮލާހަށް ނޫނެކޭ ބުނެ ވޯޓުން ބަލިކޮށްލުމުން ރައްޔިތުންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން މާފުށީގައި އިންވެސްޓްކޮށްގެން އުޅޭ އިންވެސްޓަރުންނަށް ބިރު ދައްކައި ފައިސާ ފޭރުމަށް ސޮލާހް ދަނީ ރޭވުންތެރި ކަމާއިއެކު ބިރު ދައްކަމުންނެވެ.


