ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން ރޭ މާލޭގައި މުޒާހަރާކޮށްފި

ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި މުޒާހަރާކޮށްފި އެވެ.

ރަސްފަންނު ސަރަހައްދުން ފަށައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި އެއްވުމުގައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މިދިޔަ ހުކުރު ދުވަހު އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެމްޑީޕީ ލީޑަޝިޕުން ބައިވެރިވި އެވެ.

އެ އެއްވުމުގައި ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައްވައިފަ އެވެ.

"ޖޮބް ބުރާސްފަތި" ނަމުގައި މުޒާހަރާ ކުރީ މި ސަރުކާރާ ދެކޮޅު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިކުރަމުންދާތީ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *