ރޯދަ މަހުގެ ކަރާމާތް ނަނގާލައި, އެމްޑީޕީން ޖެހި ސަކަރާތް!

އެމްޑީޕީއަކީ އިދިކޮޅުގައި އޮންނަ އިރު އަބަދުވެސް މަގުމަތި ހަލަބޮލިކޮށްލައި، އާންމުންނަށާއި ފުލުހުންނަށް ދަތިކުރުމުގެ ސަގާފަތެއް އޮންނަ ބައެކެވެ. މިހާރު މާލޭގެ މަގުމަތިން އެމަންޒަރުތައް ފެންނަމުން އެބަދެއެވެ.

ރޯދަމަހެއް ބެލުމެއް ނެތި، ރޭގަނޑު، މަދު ބައެއް ބޭނުންކޮށްގެން ގެންދަނީ މަގުތަކުގައި ޗަރުކޭސް ކުޅެމުންނެވެ. އެމްޑީޕީގެ ތާއީދު ބޮޑުތަނުން ގެއްލުމުން، ދެން ކުރާނެ ކަމެއް ނެތިގެން މިހާރު މިކުރާކަމަކީ ސީދާ ރައީސްގެ ދެކަނބަލުންނާއި އާއިލާއަށް ކުޑައި މީސް ވާގޮތަށް އެކި ވާހަކަތައް ދައްކައި، މަގުތަކުގެ އަމާންކަންވެސް ގެންދަނީ ނަގާލަމުންނެވެ.

މާލޭގައި މުޒާހަރާ ކުރެވޭނީ ކުރިން ހުއްދަ ހޯދައިގެން ވަކި ތަނެއްގައި ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެމްޑީޕީން ގާނޫނާއި ގަވާއިދާ ޚިލާފަށް މިހާރު މާލޭގައި ކުރަމުން ގެންދާ މުޒާހަރާއިން ރަމްޒުކޮށްދެނީ، އިދިކޮޅުގައި އޮވެ އެމްޑީޕީ ނޭވާ ހޮޅިއަށް އެޅިއްޖެ ކަމެވެ. ރޯދަ މަހުގެ ރޭގަނޑު އަޅުކަމުގައި ހޭދަކުރަންވީ ވަގުތުތަގައި އަގުގަދަ ކުރާ ހިފައިގެން މަގުތަކަށް ނުކުމެ ތިބުމަކީ ހޭޖެހޭ، ހަމަޖެހޭ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *