މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮތް ހުޅިވާލެވިފައިވާ ސިޓީއެކެވެ. މި ސިޓީގެ ބޭނުމަކީ ރައީސް އަށް މުހިއްމު އިރުޝާދެެއް އެރުވުމެވެ. މީގެ ސިލްސިލާއެއް އަދި ކުރިއަށް އެބައޮތެވެ.
ރައީސް ދާދި ފަހުން ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކ،ު ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީ އުވާލައްވައި، އެ މެންޑޭޓް ހެލްތު މިނިސްޓްރީއާ އެއްކޮށްލައްވާފައި ވަނީ ހިންގުމުގެ ނިޒާމަށް ލުއި ގެންނެވުމުގެ ވިސްނުންފުޅުގައިި ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ވިސްނުން މިކަމާ އެއްބަހެއް ނުވެވެއެވެ. މި ސިޓީ އަރިސް މިކުރަނީ އެކަމާ އެއްބަސް ނުވެވޭ ސަބަބުތައްވެސް ހިއްސާކޮށްލުމުގެ ބޭނުމުގައެވެ.
ޖެންޑަރ އެންޑް ހިއުމަން ރައިޓްސްގެ ދާއިރާ އަކީ ދުނިޔޭގައި މިހާރު އެންމު މުހިއްމު އަދި އެންމެ މަތީ މަސްލަހަތު ގާއިމް ކުރުމަށް ގައުމުތަކުން އަމާޒު ހިފާފައިވާ ދާއިރާއެވެ. ނަފްސާނީ ގޮންޖެހުންތަކާއި އުމުރުން ދުވަސްވީ މީހުންގެ ކަންކަން މެނޭޖްކުރުމާއި ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުމުގެ ސިޔާސަތުތައް ހަދައި ތަންފީޒުކުރުމާއި އިންސާނީ ހައްގުތަކާއި އ ެހައްގުތައް ކަށަވަރު ކޮށްދޭނެ ގައުމީ ސިޔާސަތުތައް އެކުލަވާލުމާއި މި ނޫންވެސް މުހިއްމު އެތައް މަސައްކަތްތަކެއް ހުރީ ކުރަން ޖެހިފައެވެ. ދުނިޔޭގެ ގައުމުތަކުން އަވަދިނެތި މިކަންކަން އެދަނީ ކުރަމުންނެވެ. މިއީ ހެލްތު މިނިސްޓްރީގެ ދަށުން ޑިޕާޓްމަންޓެއްގެ ދަރަޖައިގަ ހިންގަން ވިސްނުމަށްވުރެ މާފުޅާ މެންޑޭޓެކެވެ. އަދި އެހާމެ މުހިއްމު މެންޑޭޓެއްވެސްމެއެވެ.
މި ބަދަލަކީ މިހާރުން މިހާރަށްވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށް ފެނެއެވެ. ރާއްޖޭގައި މިދާއިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން އެބަތިއްބެވިއެވެ. އެހެންކަމުން ގައުމީ ވިސްނުމަކުން ރައީސް ޑރ. މުުޙައްމަދު މުޢިއްޒު އަލުން ވިސްނަވާލައްވައި، ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ވުޒާރާއެއް އުފެއްދެވައި މުރާލި، އިލްމީ، ތޫނުފިލި އަދި ތަޖުރިބާ ހުރި ބޭފުޅަކު ވަޒީރަކަށް ނަންގަވައިގެން ކުރިއަށް ވަޑައިގަންނަވާށެވެ. މިއީ ރައްޔިތުން ބަލައިިގަންނާނެ ބަދަލެއްކަން ކަށަވަރެވެ. ރައީސް އަށް މި ސިޓީ އަރިސްކުރަން ޖެހުނީ މިވިސްނުން އިހްލާސްތެރިކަމާއެކު ހިއްސާކޮށްލުމަށްޓަކައެވެ. ޝުކުރިއްޔާ!


