ނުކޮށްގެން އުޅުނު ކަންތައް، ފްލެޓް ލިސްޓް އާންމުކޮށްފިއެވެ. ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުން ހާމަވެއްޖެއެވެ. އެއާ ގުޅިގެން ޝަކުވާ އުތުރިއެރިއެވެ. އެހެންވެ މިހާރު ސަރުކާރުން ވަނީ އާންމުން ރުހޭ ވަރަށް ޝަކުވާ ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ.
ފްލެޓް ލިސްޓްގެ މައްސަލަ ފެށެނީ ކުރީ ސަރުކާރާ ހަމައިންނެވެ. އެއީ އެމީހުން ހަމަޖެއްސި އުސޫލުގެ ތެރެއަށް އަމިއްލަ މާނަކުރުންތަކެއްގެ ތެރެއިން އެތައް ބަޔަކު ވައްދައި އެމީހުންނަށް ފްލެޓްތައް ލިބޭ ކަމަށް ބުނެ ލިސްޓެއް، ވެރިކަމުގެ އެންމެ ފަހު ވަގުތު އިއުލާންކުރުމުންނެވެ. އެ ލިސްޓުގައި ހަގީގަތުގައިވެސް މައްސަލަތައް ހުއްޓެވެ. އޭސީސީއިން މައްސަލަ ބެލާފައި އެއޮތީ ހަގީގަތް ހާމަކޮށްދީފައެވެ. އެއީ ފަންސާހުން މަތީ ޕަސެންޓެއް ފޯމަށް ޝަރުތު ހަމަނުވާ ކަމެވެ.
އެ ހުރިހާ ކަމެއް ހަމަ މަގަށް އަޅުވަން ޖެހިފައި އޮތީ މިސަރުކާރަށެވެ. ކުރީ ސަރުކާރުން ހަދާފައިވާ އުސޫލު ފަސޭހައިން ދޭހަވާ ގޮތަށް ތިލަކޮށްލައި މާނަކޮށްލުމަށް ފަހު، ފްލެޓް ލިސްޓް ރިވިއުކޮށްލުމުން، އޭސީސީގެ ހޯދުންތަކާއި ހައުސިން މިނިސްޓްރީގެ ޓީމުގެ ހޯދުންތަކާ ދިމާވީއެވެ. 4000 ފްލެޓްގެ ތެރެއިން ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް ނިމިގެން ދިޔައީއެވެ.
އެމްޑީޕީ ސަރުކާރުން މިކަމަށް އަބަދުވެސް ގެންދަނީ ފާޑުކިޔަމުންނެވެ. ފްލެޓާ ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާ މީހުންނަށް އެކަން ކޮށްދިނުމަށް ޓީމުތަކާއި ޕޯޓަލްތައް ވަނީ ހަދާފައެވެ. އެއީ އެކަމުންވެސް، ގެއްލިފައިވާ އާންމުންގެ އިތުބާރު އަލުން ލިބޭނެ ގޮތެއް އޮތްތޯއެވެ. ފްލެޓްގެ ކަންކަމުގައި އެމްޑީޕީގެ ގޯސް ހެދުން އެބައޮތް ކަމަށް މިހާރު އެލިސްޓުގައި ތިބި ގިނަ ބަޔަކު ގަބޫލުކުރެއެވެ.


