ރައީސް ޑރ. މުއިއްޒުގެ ރާއްޖޭގެ ތަރައްގީ ތަސައްވުރަށް ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް!

2023 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ރައީސްކަމާ ޙަވާލުވެވަޑައިގަތް ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް އައު ބަދަލުތަކެއް ގެނެސް، ޤައުމުގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައެވެ. އެމަނިކުފާނުގެ މި މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ. ރޮއިޓަރސް އެސޯސިއޭޓް ޕްރެސް ، އަލް ޖަޒީރާ، ދަ ގާޑިއަން ، ސީއެންއެން ގެ އިތުރުން ދަހިންދޫގައިވެސް އެކިފަހަރުމަތިން ވަނީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކާ ގުޅޭގޮތުން ލިއުންތައް ޝާޢިއުކޮށްފައެވެ.

އަނަދޯލު އޭޖެންސީން ޝާއިޢުކުރި "މޯލްޑިވްސް ޕްރެޒިޑެންޓް އެމްފަސައިޒަސް ޑިޖިޓަލައިޒޭޝަން ޓު ބޫސްޓް އިކޮނޮމީ، މެނޭޖް ރިސޯސަސް" މި ލިއުމުގައި، 9 ސެޕްޓެމްބަރު 2024 ގައި ރައީސް މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާއި ގުޅޭ ވާހަކަތައްވަނީ ހިމަނާފައެވެ.

މީގެ އިތުރުން ރައީސް މުޢިއްޒުގެ މި ތަޞައްވުރުގެ މުހިންމުކަން ފާހަގަކޮށް، ޑެއިލީ މިރަރގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ޑިމޮކްރެޓިކް ވެރިކަމުގެ މިސާލު ދައްކުވައިދޭ ޤައުމެއްގެ ގޮތުގައި ރާއްޖެފާހަގަކޮށްފައިވެއެވެ.

ކުރީ ސަރުކާރުން ގައުމަށް ކުރިމަތިކޮށްފައިވާ ބޮޑެތި އަދަދުގެ ދަރަނީގެ ސަބަބުން އަދި ފައިސާޗާޕްކޮށް ހިންގާފައިވާ އެތައް ވައްކާމާއި ޖަރީމަގެ ސަބަބުން އިގްތިޞޯދީ ގޮތުން ނާޒުކު ޙާލަތެއް އޮތް މި ދަނޑިވަޅުގައި، ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް މަގުފަހިކުރުމަށް ޑިޕްލޮމެސީގެ ހުނަރުވެރިކަން ބޭނުންކުރައްވާފައެވެ. އިންޑިއާއާއި ޗައިނާ ފަދަ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، އެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވާފައިވެއެވެ. މިސާލަކަށް، އިންޑިއާއިން 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހޯއްދަވައި، ޗައިނާއިން ދަރަނި ލުއިކޮށްދިނުމަށް އެއްބަސްވުމަކަށް ވަޑައިގެންފައިވެއެވެ.

ރައީސް މުޢިއްޒުގެ މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް، ވަސީލަތްތައް މަދު ކުދި ޤައުމުތަކަށް ގޮންޖެހުންތަކެއް ކަމުގައިވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުމެވެ. އެމަނިކުފާނުގެ "2040 އަށް ފުރިހަމައަށް ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް" ބިނާކުރުމުގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، އިންފްރާސްޓްރަކްޗަރ، ހަކަތަ އަދި މުއައްސަސާތަކުގެ އިޞްލާޙީ މަސައްކަތްތަކަށް އިސްކަންދެއްވާފައިވެއެވެ.

ނަމަވެސް، މި ތަސައްވުރު ޢަމަލީ ސިފަ ގެނައުމަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ދަރަނި މެނޭޖްކުރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، އިންޞާފުވެރި ތަރައްޤީއެއް ގެނައުމަކީ މުހިންމު ކަންކަމެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒުގެ ވިސްނުންފުޅާއި، އާންމުންގެ ތާއީދާއި، ސްޓްރެޓީޖިކް ޕްލޭނިންގގެ ސަބަބުން މި ދަތުރު ކާމިޔާބުވުމުގެ ފުރުޞަތު ބޮޑެވެ.

ރައީސް މުޢިއްޒުގެ ތަރައްޤީގެ ތަސައްވުރަކީ ރާއްޖޭގެ އިތުރުން ، ސަަރަހައްދީގޮތުން މުހިންމު ކަމެކެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުންނާއި، ދުނިޔޭގެ ތަޙުލީލުކުރާ ފަރާތްތަކުން މިހާރު ވަނީ މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ. ދަރަނީގެ ބޮޑުކަމާއި، ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް، ރައީސް މުޢިއްޒުގެ މި ތަސައްވުރުން އަދި އޭގެ ޢަމަލީ މަސައްކަތްތަކުން، ފިލާވަޅުތަކާއި ހިތްވަރު ލިބެއެވެ.

ރާއްޖޭގެ ތަރައްޤީގެ މި ދަތުރުގައި ދިމާވާ ގޮންޖެހުންތަކާއި ކާމިޔާބީތައް، އެހެން ޤައުމުތަކަށް ވެސް މުހިންމު ދަރުސްތަކެއް ލިބެއެވެ. ޚާއްޞަކޮށް:

ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން: ރައީސް މުޢިއްޒު އިންޑިއާއާއި ޗައިނާ ފަދަ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވި ގޮތުން، ކުދި ޤައުމުތަކަށް ވެސް ޑިޕްލޮމެސީގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަން: ތިމާވެށި ރައްކާތެރިކުރުމާއެކު އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ރައީސް މުޢިއްޒު ދެއްވާ އިސްކަމަކީ، އެހެން ޖަޒީރާ ޤައުމުތަކަށް ވެސް މުހިންމު ނަމޫނާއެކެވެ
ދަރަނި މެނޭޖްކުރުމުގެ ސްޓްރެޓެޖީތައް: ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ. އެހެން ކުދި ޤައުމުތަކަށް ވެސް ބޭނުންތެރި ފިލާވަޅުތަކެކެވެ.
އިންސާފުވެރި ތަރައްޤީގެ މުހިންމުކަން: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހަމަ ތަރައްޤީއެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަކީ، އެހެން ޤައުމުތަކަށް ވެސް ރަނގަޅުމިސާލެކެވެ.
އާންމުންގެ ތާއީދު ހޯދުމުގެ މުހިންމުކަން: ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ލިބިފައިވާ އާންމުންގެ ތާއީދަކީ، ބޮޑެތި ބަދަލުތައް ގެނައުމަށް ރައްޔިތުންގެ އެއްބާރުލުން ހޯދުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައޔްިތުން އެދޭގޮތަށް ރަޔިތުންގެ ހިޔާލާއެކުއެވެ.

ރައީސް މުޢިއްޒުގެ ތަރައްޤީގެ ތަސައްވުރަކީ ހަމައެކަނި ދިވެހިރާއްޖެއަށް ނޫން، މުޅި ސަރަޙައްދަށް އަދި ދުނިޔޭގެ އެހެން ކުދި ޖަޒީރާ ޤައުމުތަކަށް ވެސް މުހިންމު ކަމެކެވެ. މި ތަޖުރިބާއިން ލިބޭ ފިލާވަޅުތަކާއި ހިތްވަރު، އެހެން ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކަށް ވެސް މަގުދައްކައިދޭނެކަން ޝައްކެއްވެސްނެތެވެ. ރާއްޖޭގެ ތަރައްޤީގެ މި ދަތުރު، އިންސާފުވެރި އަދި ދެމެހެއްޓެނިވި ތަރައްޤީއެއްގެ މިސާލަކަށް ވެގެންދާނެ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އުއްމީދުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *