އަމިއްލަ ގިނަ ކުންފުނިތަކެއް ސަރުކާރުން އުވާލަނީ! މިނިސްޓްރީން ހައްލެއްގެ ޖަވާބެއް ނުލިބޭ!

ދިވެހިރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނަށް ބަދަލުތައް ގެނައީ، ހެޔޮ އަދި ފަސޭހަ ބަދަލުތަކަކަށް ރައްޔިތުން ބޭނުންވެފައިވާތީއެވެ. އެ ހެޔޮ ބަދަލުތައް، ކުރިން "ހާލުގައި ޖެހިފައިވާ" ކުންފުނިތަކަށް ވެސް ލިބޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދިނުމަކީ މި ބަދަލުތަކުގެ އަސްލު ފައިދާ ރައްޔިތުންނަށް މާބޮޑަށް ވެސް ލިބިގެންދާނެ ކަމަކަށްވާނެއެވެ.

މިހާރު ކުންފުނިތަކަށް އަހަރީ ފީ ދައްކާކަށް ނުޖެހެއެވެ. އެހ ެންކަމުން ކުރިން އަހަރީ ފީ ނުދައްކައިގެން "ރަށްމެދު" މެދުގައިވާ ކުންފުނިތަކަށް އެކަމުން މިންޖުވާން މިހާރު ފުރުސަތު ދެވިދާނެއެވެ. އެހެންނަމަވެސް ކަން ހިނގަމުންދަނީ ދިމާ އިދިކޮޅަށެވެ.

ކުރީގެ ގާނޫނުގެ ދަށުން އަހަރީ ފީ ނުދައްކާ ހުރި ގިނަ ކުންފުނިތަކެއް އުވާލުމަށް ޓްރޭޑް މިނިސްޓްރީން ކުންފުނިތަކާ ބެހޭ ރެޖިސްޓްރާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމާ ގުޅިފައިވާ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރި ނަމަވެސް އެކަންކަމަށް ފަރުވާލެއް ނުބަހައްޓަވައި، އެކަން ކުރިއަށް އެބަ ގެންދެއެވެ.

އެކަކުގެ ކަންބޮޑުވުން މިނިވަންއަށް ކިޔައިދިނެވެ؛

"އަހަރެން މިނިސްޓްރީއަށް ގޮސް ބުނެފިން ނުދައްކާ ހުރި ފީތަކާ ޖޫރިމަނާތަކާ ދައްކާފަވިއަސް ކުންފުނި ލިބޭނެ ގޮތެއް ހަދައިދޭށޭ، އުވާނުލާށޭ. އެކަމަކު ކޮމްޕެނީތަކުގެ ރެޖިސްޓްރާ އެކަން ގަބޫލެއް ނުކުރެއްވި. ދެން ކުންފުނި އުވާލަންޏާ އެ ނަން ލިބޭނެ ގޮތެއް ހަދައިދޭން ވެސް އެދުނިން، އެކަމަކަށް ވެސް އިންކާރު ކުރެއްވީ. އެކަން މިހާރު ވާނީ މިނިސްޓަރުގެ ސަމާލުކަމަށް ވެސް ގެންގޮސްފަ. މިނިސްޓަރުގެ ފަރާތުންވެސް ވެސް އިޖާބީ ފިޔަވަޅެއް އަދިވެސް ނާޅުއްވާ."

ބައެއް މީހުން ބުނި ގޮތުގައި އިކޮނިމިކް މިނިސްޓްރީން ކުރާ އިއުލާނެއް ނުފެނި ނުވަތަ އަޑު ނުއިވި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެފައި، ފަހުން އެކަން އެނގިގެން އަމިއްލައަށް މިނިސްޓްރީއަށް ގޮސް، ކުންފުނީގެ މިލްކުވެރިކަން ދަމަހައްޓަން މަސައްކަތްކުރާ ފަރާތްތަކަށް އެފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ.

"އެހެންނަމަވެސް މިނިސްޓްރީން ކަނޑިހިފައިގެން ތިބީމަ ކިހިނެއް މިކަން ވާނީ. ކުންފުނިތައް އުވާނުލާން ބަޔަކު އާދޭސްކުރަންޏާ އެއީ ކީއްވެގެންތޯ ބަލާ އެކަމަށް ދެވެން އޮތް ލުޔެއް ބަލާލުމަކީ މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް. އެއީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ އަދި ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަކީ،" އެހެން މީހެއްގެ ކަންބޮޑުވުން އައީ މިގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *