އެމްޑީޕީ ކެނައިންގެ މުޒާހަރާ: ރަމަޟާން މަހުގެ ރޭތަކުގެ ބަރަކާތުން ދިވެހިން މަހްރޫމް ކުރުން!

ރަމަޟާމަހަކީ ބަރަކާތުން ފުރިގެންވާ މާތް މަސްވަރެކެވެ. އެއީ ކީރިތި ގުރުއާން ބާވާތްލެއްވި އަދި އެމަހެއްގައި އެއްހާސް މަސްވަރުގެ ސަވާބު ލިބިގެންވާ ރެ އެއް ހިމެނިގެންވާ މާތް މަސްވަރެވެ.

މި މާތް މަސްވަރުގެ ބަރަކާތުން ދިވެހިންނާއި ހާއްސަކޮށް މާލޭ ދިރިއުޅޭ ރައްޔިތުން މަހްރޫމްކޮށް މިމާތް މަސްވަރުގެ ހުރުމަތް ކަނޑާލައި މަގުތަށް ހަލަބޮލި ކުރުމަށް ދެތިން ކެނައިންނާއި އެކު މާލޭގައި އެމްޑީޕީ ކޮންމެ ރެއަކު ހިންގާ ހަރަކާތަކާއި ގުޅިގެން މުޅި ދިވެހިން ވަނީ ވަރަށް ބޮޑަށް ނުރުހިފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހަ ފެށެން ކުޑަތަންވެފައިވާއިރު އެމްޑީޕީގެ މި ސަކަރާތުގެ ސަބަބުން އެތައް ލޮބުވެތި މުސްލިމް ރައްޔިތުންގެ އަޅުކަމުގެ ވައްޓަފާޅިއަށް ބުރޫ އަރައި ރޯދަމަހުގެ ރޭތަކުގެ އަމާންކަން ގެއްލި މާލޭގެ ރައްޔިތުންގެ އަޅުކަމުގެ ޖޯސް ވަނީ ނަނގާލާފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހަ އަކީ އެ ދިހައެއްގައި ބަރަކާތާއި ސަވާބާއި ދަރުމައިން ފުރިގެންވާ ލައިލަތުލްގަދުރި ވިލޭރޭ އެކުލެވިގެންވާ ރެއަކަށް ވާތީ ދިވެހި މުސްލިމުން ތައްޔާރުވަމުންދާއިރު މާލޭގެ ރައްޔިތުންނަށް ޖެހިފައިވާ މުސީބާތަކީ އެމްޑީޕީން ބާއްވާ ކެނައިންގެ އެއްވުމެވެ.

ދިވެހިންނަކީ ރޯދަމަހަށް ހާއްސަކޮށް ރޯދަމަހުގެ ފަހު ދިހައިގެ ސަވާބާއި ދަރުމަ ހޯދުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ބައެކެވެ. އެހެންނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި ރޯދަމަހާއި ރޯދަމަހުގެ ފަހު ދިހަ އެމްޑީޕީން މުސީބާތަކަށް ހަދާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *