ރައުދު އާއި ޔުމްނުގެ ވާހަކަތައް ފެށެނީ ލޯބީގެ ޖަޒުބާތުތައް އުތުރިއަރާ އިހްސާސަކުންނެވެ. މާލޭގެ މެދުތެރޭގައި ހުރި ގެއެއްގެ ތެރޭގައި ޕާޓީކުރަން ތިބެފައި ޔުމްނު ކުއްލިއަކަށް އެގެއިން ނުމުގެން ދިޔައީ ރައުދުއާ ދެކެވުނު ލޯބީގެ ވާހަކަތަކަކަށް ޔުމްނު ހިތްހަމަ ޖެހޭ ޖަބާބުތަކެއް ނުލިބިގެން ކަމަށް ވެއެވެ.
ޔުމްނު ނުކުމެގެން ދިޔައީ މިނޫން ކޮންމެ ގޮތެއްވެސް މާ ހިތަށް ފަސޭހަވާނެއޭ ކިޔާފައި ކަމުން ރައުދު ވެސް ފަހަތުން ނުކުމެގެން ދިޔައެވެ. ޔުމްނު ދަނީ ކޮންތާކަށްތޯ ބެލުމަށްޓަކައެވެ.
ޔުމްނު ފަހަތުން އައި ރައުދަށް ޔުމްނު ވަކި ހިސާބަކުން ގެއްލުނު ނަމަވެސް ހެންވޭރު ގެއަށް ޔުމްނު ވަދެ, މަގުމަތިން ރައުދަށް ގޮވައި އެގެއަށް ވެއްދި އެވެ. އެގޭތެރޭގައި ވެސް ޔުމްނާއި ރައުދު އެއްތާކު މަޑެއް ނުވެއެވެ. އެއް ފްލޯއިއިން އަނެއް ފްލޯއަށް އަރަމުން، ފައިބަމުން ގެންދިޔައެވެ.
އަމަލްވެފައިވާ ޔުމްނު, ރައުދު ދެކެވާ ލޯބި ކަށަވަރުކޮށްދިނުމަށް ގެއެއްގެ ސިޑި މަތީގައި ހާމައަށް ފެންނާން އޮތް ތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގައި، ޔުމްނުގެ ހަށިގަނޑު ރައުދުއަށް ހިތަކަށް ދިނީ ލޯބީގެ ޖަރުބާތަކުންނެވެ. އެވަރުންވެސް ޔުމްނުއަށް ރައުދުގެ ފަރާތުން އޭނަ ބޭނުންވާ ލޯބީގެ ބަސްތަކެއް، ނުވަތަ ބަހެއް ނުލިބުނު ކަމަށްވެދާނެ އެވެ. އެހެންވެ، އަނެއްކާވެސް ދެމީހުންގެ ދެމެދުގައި ދެބަސްވުން އުފެދީ އެވެ.
ދެމީހުން އޮޅުލައި ވެއްޓޭ މަންޒަރު އެފެންނަނީ އެ އިސްގީ ޖަޒުބާތުގެ ބައެއްގެ ތެރެއިންނެވެ. އެހިސާބުން ޔުމްނު އަނެއްކާވެސް މިނޫން ގޮތެއް ހޯދާނެ ވާހަކަ ދެއްކަން ފެށިއެވެ. ރައުދު ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. ޒުވާން ކަމުގެ ޖޯސުގައި ދެ ލޯބިވެރިން ވެސް ވަނީ ލޯބީގެ ކަނޑަކަށް ރަގަޅަށް ގަރަގުވެފަ އެވެ.
ކުޑަ އިރުކޮޅަކުން ޔުމްނު ރައުދަށް ގެއްލުނެވެ. އެއީ އޭނާ އިމާރާތުން ވެއްޓުނު ވަގުތެވެ. ދެން ފެނުނީ ޖެހިގެން ހުރިގޭ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައެވެ.


