ހަގީގަތުގައި ޒާޖީ އާއި ބައްޕަ ސުޖާއުއަކީ ވަގުންނެއް ނޫން! ފައިސާ ބަރާބަރަށް ދައްކާ!

މުހައްމަދު ޒާޖީ އިސްމާޢީލާއި އޭނާގެ ބައްޕަ އިސްމާޢީލް ސުޖާއުއާ ގުޅުވައިގެން އެމީހުންގެ އަބުރު ނަގާލުމަށްޓަކައި ބަޔަކު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެދެބަފައިންނަކީ ދެވަގުން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި މެސެޖްތައް ދޭތެރެދޭތެރެއިން ދައުރު ކުރިވައެވެ. އެހެންނަމަވެސް އެދެބަފައިންގެ ހަގީގަތް ރަނގަޅަށް ދަންނަ މީހަކު އެކަން ގަބޫލެއް ނުކުރާނެއެވެ. އެދެބަފައިންނަކީ ވެސް ދުވަގަކުވެސް ވައްކަމެއް ކުރި ބައެއް ނޫނެވެ. ޚާއްސަކޮށް ޒާޖީގެ ބައްޕައަށް ދަރާފައިވާ އެތައް ބަޔަކު މިހާރުވެސް އެބަތިއްބެވެ. އެހެންނަމަވެސް ޒާޖީގެ ބައްޕަ މީހަކަށް ދަރަނިވެރިވެފައެއް ނުވެއެވެ.

މީހަކަށް ކަމެއް ދިމާވެދާނެއެވެ. ހަގީގަތުގައި މިވާހަކަ ފެށެނީ މިހިސާބުންނެވެ. ވެހިކަލްގެ ވިޔަފާރީގެ ތެރެއަށް ވަނީ ފައިދާހުރި ވިޔަފާރިއެއް ކުރުމުގެ ބޭނުމުގައެވެ. އެއްވެސް ހާލެއްގައި ބަޔަކަށް ލަނޑެއްދީ، ބަޔެއްގެ ފައިސާ ނުހައްގުން ބޭނުން ކުރާކަށް ނޫނެވެ. އެހެންނަމަވެސް ވެހިކަލް ގަތުމަށް މީހުން އޭނާގެ ކުންފުންޏާ ހަވާލުުކުރި ފައިސާ، ވެހިކަލް ގެނެސްދިނުމަށް ވައުދުވި އެހެން މީހަކާ ހަވާލުކުރުމުން އެފައިސާއަށް އޭނާ ބޮޑުތަނުން ހިޔާނާތްވެ، މުހައްމަދު ޒާޖީ އިސްމާޢީލަށް އެތައް މިލިއަނެއްގެ ދަރަންޏަކާ ކުރިމަތިލާން ޖެހުނެވެ.

ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެކަމުގައި އޭނާގެ ޕާޓުނަރަކު އޭނާއަށް މަކަރާ ހީލަތް ހެދުމުން ޒާޖީއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަަސަރުކޮށްފައެވެ. އެހެންކަމުން އެފައިސާއަށް ވީ ގޮތެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ޒާޖީގެ ބައްޕަ އިސްމާޢީލް ސުޖާއު ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާގެ ފިރިހެން ދަރިފުޅުގެ ބޮލުގައި އެޅިފައިވާ އިލްޒާމްތަކުން އޭނާ ސަލާމަތްކޮށްދިނުމަށް އެ ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކޮށްދިނުމަށެވެ.

އެހިސާބުން ޒާޖީގެ އެހީތެރިކަމާއެކު ފައިސާ ދޭން ޖެހޭ މީހުންގެ މައުލޫމާތު ސާފުކޮށް އެމީހުންނަށް އެފައިސާ ދެއްކުމުގެ ޒިންމާ އިސްމާޢީލް ސުޖާއު ނަގާ ކަމަށާއި ލަސްތަކެއް ނުވެ އެފައިސާ ދައްކާ ހަލާސްކޮށްދޭނެ ކަމަށް ވެސް ޒާޖީގެ ބައްޕަ ވަނީ އެފަރާތްތަކަށް އަންގާފައެވެ.

ކަންހިނގާފައިވާ ގޮތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އިސްމާއީލް ސުޖާޢު ވަރަށް ބުރަ މަސައްކަތުން އެކި ގޮތްގޮތުން ފައިސާ ހޯދައިގެން، މިހާތަނަށް ޒާޖީ ފައިސާ ދޭން ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަށް ވަނީ ފައިސާގެ ކަންކަން ހަލާސްކޮށްފައެވެ.

"އިސްމާއީލް ސުޖާއު އަބަދުވެސް ލޯބިކުރައްވާނެ ދަރަނިވެރިވެނުވެ ދިރިއުޅުއްވުމަށް. އެހެންވީމަ އޭނާގެ ދަރިފުޅަށް ބަޔަކު އެވަރުގެ ލަނޑެއް ދިނީމަ ދަރިފުޅުގެ ނަމަށް ހުތުރު ވިޔަ ނުދޭން ވެގެން އަމިއްލައަށް އެފައިސާ އެއްކޮށް ދައްކާ ހަލާސްކުރެއްވުމަށް ސުޖާއު ނިންމެވީ. މި ދައްކަނީ އެތައް މިލިއަން ރުފިޔާއެއްގެ ވާހަކައެއް. އެތައް ބަޔަކާ ގުޅިފައިވާ ހައްސާސާ ކަމެއްގެ ވާހަކަ. އެހެންވެ، އޭނާގެ ދަރިފުޅަށްޓަކައި ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރަމުން އެދަނީ. މިހާރުވެސް އެކަން ނިންމާލުން ލަސްވެގެން އުޅެނީ ސުޖާއުއަށް މީހުން ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ. އެހެން ނޫން ނަަމަ މިހާރު ތިމައުލޫ މިހާރަކު ނޯންނާނެ،" އެކަމުގެ ހަގީގަތް ކިޔައިދިނެވެ. "ސުޖާއު އެކަން އެކުރައްވަނީ ވަރަށް އިހްލާސްތެރިކަމާއެކު."

ފައިސާ ލިބުނު ބައެއް މީހުންވެސް މި ނޫހަށް ވަނީ އެވާހަކަތައް ކިޔައިދީފައެވެ. އެމީހުން ބުނި ގޮތުގައި ޒާޖީގެ ބައްޕަ ގެންދަނީ އެއްބަސްވި ގޮތަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

"އަހަރެންނަށް އެއްބަސްވި ގޮތަށް ފައިސާ ދީ ނިންމައިފި. އަހަރެން ދަންނަ އިތުރު ބަޔަކަށްވެސް ފައިސާ ދައްކަ ދީފި. އެގޮތަށް ބަހާލައިގެން ދައްކަމުން އެގެންދަނީ. އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ، ޕޮލިހުން މެދުވެރިނުކޮށް، ކޯޓަށް ނުގޮސް އަސްލު ނިޒަމާނުގައި ބައިރުފިޔާ އެއްވެސް ނުލިބޭނެ. އެކަމަކު ޒާޖީގެ ބައްޕަ އެގެން ދަނީ ހުރިހާ ފައިސާއެއް ދައްކަމުން. އަސްލު އަހަރެމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ފައިސާ ލިބުނު މީހަކު މި ނޫހަށް ކިޔައިދިނެވެ. " ނޫހެއްގައި ކަނޑައެޅިގެން އެއޮތީ ގޯސް ވާހަކަތަކެއް. މީހުންނަށް ފައިސާ ނުދޭ ވާހަކަ އަކީ ދޮގެއް. ފައިސާ ބަރާބަރަށް ދެމުން ގެންދަނީ. ޒާޖީ އުޅެނީ ފިލައިގެނެެއްވެސް ނޫން."

ބައެއް ފަހަރު ބައެއް ކަންކަމުގައި މީހުން ޒާތީ ހަސަދަ ފިލުވާލުމުގައި ކަންކަމުގެ ހަގީގަތަށް ބެލުމެއް ނޯވެއެވެ. ސުޖާއުގެ ދެބެފައިންނަށް ވެސް ދޭތެރެދޭތެރެއިން މިދިމާވަނީ މިފަދަ ކަމެކެވެ. ހަގޫގަތެއް ނެތް ޒާތީ ހަސަދައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *