40 އަހަރުތެރޭގައި ކުނަހަންދުއަށް ރައީސަކު ވަޑައިގަތް ފުރަތަމަ ފަހަރު، ރައީސްއަށް ރައްޔިތުންގެ ހިފެހެެއްޓުމެއް ނެތް ޝުކުރު

ވޭތުވެދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ފުރަތަމަ ފަހަރަށް ރައީސަކު ވަޑައިގަތުމުން އެ ރަށު ކައުންސިލުންނާއި ރަށު ރައްޔިތުން އެކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކޮށްފިއެވެ.

ރައީސް މިއަދު ކުނަހަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ރައްޔިތުން ވަނީ، މިއީ އިންތިޚާބީ ކެމްޕޭނަކާ ނުގުޅޭ ގޮތަށް ރައީސަކު އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަން ފާހަގަކޮށްފައެވެ.

އަޅުގަނޑުމެންގެ ހަޔާތުން 40 އަހަރު ވެގެންދިޔައިރުގަ އަޅުގަނޑުމެންގެ ކައިރިއަށް އިންތިހާބީ ރައީސެއް ފުރަތަމަ ކުނަހަންދޫ ރައްޔިތުންނާ ބައްދަލްކުރުމަށްޓަކައި ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އުފަލާއެކު ފާހަގަކުރަން،“ ކުނަހަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރައީސް ކުނަހަންދޫއަށް ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ.

ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ޚިޔާލު ހޯއްދަވައި، ރައްޔިތުން އެދޭގޮތަށް ކުނަހަންދޫގެ ތަރައްޤީގެ ކަންކަން ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ރަށުގެ ސްކޫލްގެ ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށާއި، އަންނަ ދިރާސީ އަހަރަށް ސްކޫލް ހުޅުވޭނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

ރައީސްގެ މި ޒިޔާރަތުގައި ކުނަހަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

އަދި ރަށުގެ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށާއި، ސިއްޙީ މަރުކަޒާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްތައް ފެށިގެންދާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *