60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ: ރައީސް

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މި އަހަރު ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ދަނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދަނބިދޫއަށްވެސް ތަރައްޤީ ގެނައުމަށް މުހިއްމު މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތުން ދަނބިދޫގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެ ރަށުގައި އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ

މީގެތެރެއިން ދަނބިދޫއަށް ބޭނުންވާ އެމްބިއުލާންސް އެ ރަށަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *