ކޮލަމާފުއްޓަށް ޑްރަގް އެތެރެ ކުރަން އުޅުނު 4 މީހުން އަތުލައިގެންފި

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 23 އޮކްޓޯބަރުގައި ފުލުހުން ވަނީ އޮޕަރޭޝަންއެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނުނު މައްސަލައިގައި ވަނީ 4 މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައެވެ.

 

ފުލުހުން މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ:

ގއ. ކޮލަމާފުށި، ކައުސަރު/ އުމުރުން 26 އަހަރުގެ ހަސަން ރައްޔާން ރާޝިދު

 

ގއ. ކޮލަމާފުށި، ސޯސަންގޭ/ އުމުރުން 22 އަހަރުގެ އިސްމާއިލް ހައިޒަމް ހަބީބް

 

ގއ. ކޮލަމާފުށި، ޝަބްނަމްގޭ/ އުމުރުން 25 އަހަރުގެ އަލީ ޖަނާހް ޖައުފަރު

 

ގއ. ކޮލަމާފުށި، ލީނާ މަންޒިލް/ އުމުރުން 19 އަހަރުގެ އިބްރާހިމް އަޒާން މުޙައްމަދު

އެމީހުން ފުލުހުންގެ ބެލުމުގެ ދަށް ގެނެސްފައިވަނީ ކޮލަމާފުއްޓަށް މަސްތުވާކަތަކެތި އެތެރެކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި، ފާސްކުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން އެމީހުން ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށެވެ. އޭގެތެރެއިން އެކަކުގެ ހަށިގަނޑު ބަލައި، ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިން ކޮޅު ފެނުނު ކަމަށާއި އެތަކެތީގެ ބަރުދަނުގައި 44.38 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއިލް ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި އަނެއް 3 މީހުންގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *